You're welcome to this wonderful community for great minds that connect

އިމާމް ނަވަވީގެ 40 ހަދީޘް (ފުރަތަމަ ބައި)

0 votes
asked Aug 18 by ArchieNave2 (120 points)
ފޮތުގެ މުހިއްމުކަން

ހަދީޘްތަކުގައި ބަޔާންވެފައިވަނީ އިސްލާމީ އަޤީދާ އަދި ފިޤްހް ގެ މުހިންމު ޤަވާއިދުތައް
ހަދީޘްތަކުގެ އުސްލޫބަކީ ޖަވާމިޢުލް ކަލިމް (ކުރު ޢިބާރާތްތަކަކުން މާނަފުން ބޭނުންތެރި ފިލާވަޅުތަކެއް ދިނުން)
ފޮތެއްގެ މުހިންމުކަން އެނގޭ އެއްގޮތަކީ އެފޮތް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިއޮތުމުންނެވެ. މިފޮތް ވަރަށް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު އަދި އެންމެ ފައިދާބޮޑު ޝަރަޙައަކީ އިމާމް އިބްނި ރަޖަބުގެ ޖާމިޢުލް ޢުލޫމުލް ޙިކަމްއެވެ.
ފުރަތަމަ ހަދީޘް

عن أمير المؤمنين އިސްލާމް أبي حفص عمر بن الخطاب (رضي الله އިސްލާމް عنه) قال: سمعت رسول الله (صلى الله عليه وسلم) يقول:

"إنما الأعمال بالنيات و إنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجـر إليه".

(رواه إماما المحدّثين: أبو عبدالله محمـد بن إسماعيل بن إبراهيم بن المغيرة މުސްލިމް بن بردزبه البخاري الجعفي، وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفة).

ހަދީޘްގެ މާނަ:

"ނިޔަތްގަތް ގޮތުގެ މައްޗަށް މެނުވީ ޢަމަލުތައް ބިނާވެގެންނުވެއެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާއަށް ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ ﷲއާއި އެކަލާނގެ ރަސޫލާއަށް ކުރެވުނު ހިޖުރައެއް ކަމުގައެވެ. އަދި ދުނިޔަވީ ކަމަކަށް ނުވަތަ މީހަކާއި ކައިވެނިކުރުމަށްޓަކައި ހިޖުރަކުރިމީހާގެ ހިޖުރަވާހުށީ އޭނާ ހިޖުރަކުރި ކަމެއްގެ މައްޗަށެވެ."

ހަދީޘްގެ މުހިއްމުކަން

މިހަދީޘަކީ އިސްލާމްދީނުގެ ތިންބައިކުޅަ އެއްބައިކަމުގައި ބައެއް ޢިލްމުވެރިންވިދާޅުވެއެވެ.
ފޮތެއްފަށާނަމަ، އޭގެ ފެށުމަކަށް ގިނަ ޢިލްމުވެރިން ހިމަނަނީ މިހަދީޘެވެ.
އަޅަކަށްލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ހުރިހާ ކަމެއްގައިވެސް އޭނަގެ ނިޔަތް ދީނީ ތެދުވުމެވެ.
ފިޤްހު ޢިލްމުގެ މައި ޤަވާއިދުތަކުގެ ތެރެއިން އެއް ޤަވާއިދު ބިނާވެފައިވަނީ މި ހަދީޘްގެ މައްޗަށެވެ.
އެއީ: الأُمُوْرُ بِمَقَا صِدِهَا، ކަންކަމުގައި ޙުކުމް ކަނޑައެޅެނީ އޭގެ މަޤްޞަދަށެވެ.

ހަދީޘް އެކުލެވިފައިވާގޮތް:

މި ހަދީޘްގައިވަނީ ދެ ޖުމްލައާއި އަދި ދެމިސާލެވެ.

ދެ ޖުމްލައިގައިވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކެވެ. ދެމިސާލުގައިވަނީ ދެޖުމްލައިގެ ޝަރަޙައެވެ.

ދެ ޖުމްލައަކީ

"إنما الأعمال بالنيات

و إنما لكل امرئ ما نوى،

ދެ މިސާލަކީ

فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجـر إليه"

إنما ދަލީލްކޮށްދެނީ ޙަޞްރުކުރުމަށެވެ.

الأعمال ޢަމަލުތަކުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތައް ހިމެނެއެވެ.

بالنيات ނިޔަތުގެ މާނައަކީ ކަމަކަށް ޤަސްދުކުރުމެވެ.

هجرة އެއްރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ހިޖުރަކުރުމެވެ. އަދި ގޯސް ޙާލަތަކުން ރަނގަޅު ޙާލަތަކަށް ބަދަލުވުމަކީވެސް ހިޖުރަކުރުމެވެ. މިސާލަކަށް ބޮޑެތި ފާފަތައް ކުރަމުންއައި މީހަކު ފާފަކުރުން ދޫކޮށްލާ، ރަނގަޅު ޞާލިޙް މީހަކަށްވުމަކީވެސް ހިޖުރަކުރުމެކެވެ.

ހަދީޘާއި ގުޅުންހުރި އެހެން ބައެއް ނައްޞުތަކާއި އާޘާރުތައް

"وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا" (ފުރުޤާން 23 ).

މާނަ: " އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ." އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ.

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ " (ހޫދު 15، 6 )

މާނަ "ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް ، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި ދީނީ އެއުރެން ކޮށްއުޅުނު ކަންތައް ބާތިލުވެގެން ވެއެވެ."

ހެޔޮ ކަމެއްކުރުމުގެ ނިޔަތް އޮވެ، ދިމާވި ކަމެއްގެ ސަބަބުން އެކަންކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް އެމީހަކަށް އެހެޔޮ ޢަމަލުކުރުމުގެ އަޖުރު ލިބޭނެއެވެ. އަންނަނިވި ހަދީޘުން އެކަން ދަލީލްކޮށްދެއެވެ.

Please log in or register to answer this question.

Welcome to The Law Hub, where you can ask questions and receive answers from other members of the community.

Awesome...

...